Master of Teaching Islamic Studies

Faculty of Educational Studies

 

Master of Teaching Islamic Studies

Course Fee

MVR 4350 per month x 15 months

Awarding Body

Villa College

Intake

January / May / September

Duration

1-year

MNQF Level

9

Mode

Online Or Face To Face
Code
MTIS

Programme Details

Introduction

އިސްލާމް މާއްދާގެ ޤައުމީ މުޤައްރަރަށް ދަނީ އިންޤިލާބީ ބަދަލުތަކެއް އަންނަމުންނެވެ. މާސްޓަރ އޮފް ޓީޗިންގ އިސްލާމިކް ސްޓަޑީޒް ފަރުމާކުރެވިފައިވަނީ އިސްލާމް މުޤައްރަރަށް އައިބަދަލުތަކާއިއެކު މަތީސާނަވީ ފެންވަރަށް ކިޔަވައިދެވޭނެ ޤާބިލު މުދައްރިސުން ތަމްރީނުކުރުމުގެ މަޤްޞަދުގައެވެ. އެގޮތުން މިޕްރޮގްރާމުގައި އިސްލާމީ ޝަރީޢަތުގެ ހުކުމްތައް ނެގުމަށްބެލެވޭ އަސްލުތަކާއި ދަލީލުތައް، ޤުރުއާނުގައިވާ ޢިލްމީއެކިއެކި ހަޤީގަތްތަކާއި، މިއަދުގެ ސައިންޓިފިކް ދިރާސާތަކުގެ އަލީގައި ފެންނަން ހުރި މަޢުލޫމާތާއި، ވަޙީއާއިދޭތެރޭ ޤައިރު މުސްލިމުން އެންމެ ކުރިއްސުރެ އުފައްދާ އެކި ޝައްކުތަކަކީ ކޮބައިކަން ދެނެގަނެ މިޝައްކުތަކަށް ޢިލްމީ ނަޒަރަކުން ރައްދުދޭނެގޮތްތަކާއި އޭގެ ހަޤީގަތްތައް ހިމެނިގެންދާނެއެވެ. ފިޤްޙު އިލްމާއި ގުޅުންހުރި މަތީސާނަވީ އައު ޤަޢުމީ މަންހަޖުގައި ހިމެނޭ ބައިތައް ކިޔަވައިދެވޭނެ ފެންވަރަށް މިޕްރޮގްރާމުގެތެރެއިން މުދައްރިސުން ތަމްރީނުވެގެންދާނެއެވެ. ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ދަރިވަރުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަގްޞަދުގައި މާސްޓާރސް ޕްރޮގްރާމުގެ 60 ކްރެޑިޓް ފުރިހަމަ ވުމުން ދަރިވަރުންނަށް ޕޯސްޓް ގްރެޑުއޭޓް ސެޓްފިކެޓް އިން އެޑިއުކޭޝަން އިންޓަރިމް އެވޯޑެއްގެގޮތުގައި އެރުވިގެންދާނެއެވެ. މިޕްރޮގްރާމުގެ ތެރެއިން   އިސްލާމް އަދި ޤުރުއާން ޢިލްމުގެ އިތުރުން އުނގެނުމާއި އުނގަންނައި ދިނުމުގައި  ބޭނުން ހިފަންޖެހޭ އުސޫލުތަކާއި ހުނަރުތައް އަދި  ސްކޫލް ފެންވަރުގައާއި، ޢަމަލީ މައިދާނުގައި ޢިލްމީ ދިރާސާ ކުރުމުގެ ޤާބިލުކަން  މާސްޓަރ އޮފް ޓީޗިންގ އިސްލާމިކް ސްޓަޑީޒް ފުރިހަމަ ކުރުމުން ލިބިދެވޭނެއެވެ.

General Entry Criteria

  • A related Bachelor’s Degree OR

  • A related Graduate Diploma at Level 8.

Modules Option 1: (Route for teachers with teaching qualifications)
  1. Educational Research

  2. Promoting Successful Learning

  3. Adhillath Al’ Ahkaam Al’ Shar’iyya (Shariah Rulings)

Award Postgraduate Certificate in Education

  1. Quran and Science

  2. Dhirasath Al’ Fiqh Al’ Islamee (Islamic Jurisprudence Studies)

  3. Research Project

Award Master of Teaching Islamic Studies

Modules Option 2: (Route for teachers without teaching qualifications)
  1. Educational Research

  2. Promoting Successful Learning

  3. Adhillath Al’ Ahkaam Al’ Shar’iyya (Shariah Rulings)

Award Postgraduate Certificate in Education

  1. Quran and Science

  2. Dhirasath Al’ Fiqh Al’ Islamee (Islamic Jurisprudence Studies)

  3. Professional Experience; AND

  4. Capstone Project; OR

  5. Action Research

Award Master of Teaching Islamic Studies

- ޤައުމީ މަންހަޖުގައި އެކުލެވިގެންވާ އުޞޫލުލް ފިޤުހާއި، ފިޤުހުގެ މުހިއްމު ބައިތައް އަދި ޤުރުއާނުގެ ޢިލްމުގެ ބައިތައް ދިރާސާގެ ތެރެއިން ދެނެގަނެ، ދަރިވަރުން ޝައުޤުވެރި ވާނޭ ހެން ތަފްޞީލުކޮށް ކިޔަވައިދިނުމުގެ ޤާބިލުކަން ލިބިދިނުން؛

- ސާނަވީ އަދި މަތީ ސާނަވީ ގުރޭޑު ތަކުގެ އިސްލާމް މުޤައްރަރުގައި ހިމެނިފައިވާ ބައިތައް ރާވާ، ހުނަރު ވެރިކަމާއެކު ކިޔަވައިދީ، އެސެސް ކުރުމުގެ ޤާބިލުކަން ލިބިދިނުން؛

- ތަރުބަވީ މާހައުލުގައި ކުރެވޭ ކުދި ދިރާސާތައް ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން ކުރިއަށް ގެންދިޔުމާއިއެކު، އެއިން ކުރާ އަސަރު ދެނެގަނެ، އުނގައްނައިދިނުމުގައި އެފަދަ ދިރާސާ ތަކުގެ ބޭނުން ހިފަން އެނގުން.

MVR 4350 per month x 15 months

-ތަފާތު ޙާލަތްތަކުގައި ކިޔަވައި ދިނުމުގައި ކުރިމަތިވާ މައްސަލަ ތަކަކީ ކޮބައިކަން ދެނެގަނެ އެކަމާ ގުޅުންހުރި ކަންކަން ފާހަގަ ކުރާނެ ގޮތްތަކަށް ޝައުގުވެރި ކުރެވޭނެއެވެ. އަދި ފަންނީ ގޮތުންނާއި، ދިރާސާގެ ތެރެއިން ކަންކަން ދެނެގަންނާނޭ ގޮތްތައް ދަސްކޮށްދެވޭނެއެވެ.

-އުނގަންނައިދިނުމާއި، އިސްނަގައިގެން މިނިވަންކަމާ، ހުނަރުވެރިކަމާއެކު ކަންކަން ޒިންމާދާރުކަމާއެކު ކުރާނޭގޮތްތައް ދަސްވާނެއެވެ.

- ޢުލޫމުލް ޤުރްއާނާ ގުޅުންހުރި އެކިއެކި ބައިތައް ދެނެގަނެވި އެ ޢިލްމު އުނގެނުމުގެ އަހައްމިއްޔަތާއި ފައިދާތައް ދެނެގަތުމުގެ ޤާބިލްކަން އުފެދިގެންދާނެއެވެ.

- އިސްލާމްދީނުގެ ޙުކުމްތަކުގެ މަޞްދަރުތައް އަމިއްލައަށް ދިރާސާކޮށް، އެ މަޞްދަރުތަކުގެ ޙުއްޖިއްޔަތު ދެނެގަނެވޭވަރުގެ ޢިލްމީ ޤާބިލިއްޔަތުކަން ލިބިދެވޭނެއެވެ.

- އިޖްތިމާޢީ އަދި އިޤްތިސާދީ ޙަޔާތެއް ބިނާކުރުމުގައި އެއްބަޔަކު އަނެއްބަޔަކާއި މުޢާމަލާތުކޮށް ހަދާއިރު، ދީނީގޮތުންނާއި ޝަރުޢީގޮތުން ހިފަހައްޓަންޖެހޭ މައިގަނޑު ހަމަތަކާއި އުޞޫލުތައް އެނގިގެންދާނެއެވެ

© 2007 - 2026 Villa College
All rights reserved
Villa College began its historic journey on the 28th of January 2007, with the registration of its first institute, Villa Institute of Water Sports followed by the Villa Institute of Information Technology (VIIT) and Villa Institute of Hospitality and Tourism Studies.
Villa College QI Campus
Rah Dhebai Hingun 20373 Male', Maldives
Your use of this site is subject to Terms of User