މާސްޓަރ އޮފް ޓީޗިން ދިވެހި ލޭންގުއޭޖް ޕޮރޮގްރާމަކީ، ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއިން އުނގަންނައިދިނުމާއި، މުޤައްރަރަށް އަންނަމުންދާ ފަހުގެ ގޮންޖެހެވެނިވި ބަދަލުތަކަށް ރިޢާޔަތްކޮށް އެ ކަންކަމަށް މުދައްރިސުން އަހުލުވެރިކުރެވޭނެ މަގުކަށަވަރުކޮށް، ޤާބިލު މުދައްރިސުންތަކެއް އުފެއްދުމުގެ މަޤުޞަދު ޙާސިލުކުރެވޭނެގޮތަށް ފަރުމާކޮށްފައިވާ ޕޮރޮގްރާމެކެވެ. ސެކަންޑަރީ އަދި ހަޔަރ ސެކަންޑަރީ ގްރޭޑްތަކަށް ކިޔަވައިދެވޭނެ ފެންވަރުގެ ޓީޗަރުން ބިނާކުރުމަށް އަމާޒުކުރާ މި ޕްރޮގްރާމުގެ ޒަރިޢްޔާއިން، ދަރިވަރުން އަހުލުވެރިކުރެވޭނޭ ދާއިރާތަކުގެތެރޭގައި، ދިވެހި ބަހުގެ އޮނިގަނޑާއި ބަހުގެ ހަމަ، ދިވެހި ބަހުގެ އަދަބިއްޔާތު، އަދި ދިވެހި ތާރީޚާއި އާދަކާދަ ހިމެނެއެވެ. މީގެ އިތުރަށް އުނގެނުމާއި އުނގަންނައިދިނުމުގެ އެންމެފަހުގެ ނަޒަރިއްޔާތަކާއި އުކުޅުތަކަށް ލޯހުޅުވުމަށް ވެސް މަގުފަހިވެގެންދާނެއެވެ. ޖުމުލަގޮތެއްގައި، ތަޢުލީމީ ދާއިރާގައި ހުރި ގޮންޖެހުންތަކާއި ކުރިމަތިލާނެ ޤާބިލުކަން މިޕްރޮގްރާމް ފުރިހަމަ ކުރާ ދަރިވަރުންނަށް އުނގަންނައިދެވިގެންދާނެއެވެ.
ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަގްޞަދުގައި މާސްޓާރސް ޕްރޮގްރާމުގެ 60 ކްރެޑިޓް ފުރިހަމަ ވުމުން ދަރިވަރުންނަށް ޕޯސްޓް ގްރެޑުއޭޓް ސެޓްފިކެޓް އިން އެޑިއުކޭޝަން އިންޓަރިމް އެވޯޑެއްގެގޮތުގައި އެރުވިގެންދާނެއެވެ. މި އިންޓަރިމް އެވޯޑަކީ އުނގަންނައި ދިނުމުގައި ބޭނުން ހިފަންޖެހޭ އުސޫލުތަކާއި ހުނަރުތައް އަދި ސުކޫލް ފެންވަރުގައާއި، ޢަމަލީ މައިދާނުގައި ޢިލްމީ ދިރާސާ ކުރުމުގެ ޤާބިލުކަން ލިބިދިނުމަށް ތައްޔާރު ކުރެވިފައިވާ އެވޯޑެކެވެ.
General Entry Criteria
A related Bachelor’s Degree OR
A related Graduate Diploma at Level 8
Promoting Successful Learning
Educational Research
Maldivian History and Culture
Award Postgraduate Certificate in Education
Examining Structure of Dhivehi Language
Analysis of Dhivehi Literature
Research Project
Award Master of Teaching Dhivehi Language
MVR 4,350 per months x 15 months
- ތަފާތު ޙާލަތްތަކުގައި ކިޔަވައި ދިނުމުގައި ކުރިމަތިވާ މައްސަލަ ތަކަކީ ކޮބައިކަން ދެނެގަނެ އެކަމާ ގުޅުންހުރި ކަންކަން ފާހަގަ ކުރާނެ ގޮތްތަކަށް ޝައުގުވެރި ކުރެވޭނެއެވެ. އަދި ފަންނީ ގޮތުންނާއި، ދިރާސާގެ ތެރެއިން ކަންކަން ދެނެގަންނާނޭ ގޮތްތައް ދަސްކޮށްދެވޭނެއެވެ.
- ދިވެހި ބަހާއި އަދަބިއްޔާތުގެ ތަފާތު ބައިތައް ތަހުލީލު ކުރާނޭގޮތް ދަސްކޮށްދީ، އެކަންކަން ދަރިވަރުންނަށް އުނގަންނައިދޭނޭ ގޮތްތައް ވެސް ދަސްކޮށް ދެވޭނެއެވެ.
- ކިޔަވައި ދިނުމުގެ ތެރޭގައި ދިވެހި ތާރީޚާއި ޘަޤާފަތުގެ މައްޗަށް ވިސްނައިގެން އެކަންކަން ތަހުލީލު ކުރާނެ ގޮތްތައް އޮޅުން ފިލުވައިދީގެން ކިޔަވައިދޭން ދަސްކޮށް ދެވޭނެއެވެ.
- އުނގަންނައިދިނުމާއި، އިސްނަގައިގެން މިނިވަންކަމާ، ހުނަރުވެރިކަމާއެކު ކަންކަން ޒިންމާދާރުކަމާއެކު ކުރާނޭގޮތްތައް ދަސްވާނެއެވެ.
- އުނދަގޫ މައްސަލަތައް ކުރިމަތިވުމުން އަމިއްލަ ވިސްނުމާއެކު އެކަންކަން ޙައްލު ކޮށްގެން ކުރިއަށް ދާނޭ ގޮތްތައް ދަސްވާނެއެވެ.
- އަލަށް ކުރިމަތިވާ މައްސަލަތަކާ ކުރިމަތި ލައިގެން، ހުނަރުވެރި ކަމާއެކު އެކަންކަން ޙައްލު ކުރަމުން ޒިންމާދާރުކަމާއި ގާބިލު ކަމާއެކު މަސައްކަތް ކުރަމުން ދާނޭ ގޮތްތައް ދަސްވާނެއެވެ.
- ތިމާގެ އަމިއްލަ މަސައްކަތް ތަކުގައިވެސް ޒިންމާދާރުވާނޭ ގޮތްތައް ދަސްކޮށްދީ، އެހެންމީހުން އުނގެނުމަށް ކުރާ މަސައްކަތުގައި އެހީތެރި ވެދޭނޭ މަގުތައް ފަހިކޮށްދީގެން ކުރިއަށް ދާނޭ ގޮތްތައް ދަސްވާނެއެވެ.