އިސްލާމް ކިޔަވައިދެއްވުމުގައި ހަރަކާތްތެރިވާ މުދައްރިސުންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުންނަކީ މި ދާއިރާގައި ގިނަ ދުވަހު ހަރަކާތްތެރިވެ ވަޑައިގެންފައިވާ ބޭފުޅުން ކަމުގައި ވީނަމަވެސް އެކިއެކި ސަބަބު ތަކާ ހުރެ މިދާއިރާއިން މަތީ ތަޢުލީމަށް ވާސިލުވުމުގެ ފުރުޞަތު އެދެވޭ ގޮތެއްގައި ލިބިވަޑައިގެންފައިވާ ބޭފުޅުންނެއް ނޫނެވެ. ބެޗްލަރ އޮފް ޓީޗިން އިސްލާމިކް ސްޓަޑީޒް ޕްރޮގްރާމަކީ ކިޔަވައިދިނުމުގެ ދާއިރާއަށް އަންނަމުންދާ ކުރިއެރުމާއި، ކަރިކިއުލަމާއި ޕެޑަގޮޖީއަށް އަންނަ ބަދަލުތަކާ އެކު ބަދަލުވަމުންދާ ދުނިޔެއެއްގައި ދަރިވަރުންނަށް ބޭނުންވާ ތަޢުލީމާއި ތަރުބިއްޔަތު ފުރިހަމަކޮށްދިނުމަށް އިސްލާމް މުދައްރިސުން ތައްޔާރު ކުރުމުގެ ބޭނުމުގައި ފަރުމާ ކުރެވިފައިވާ ޕްރޮގްރާމެކެވެ. މިގޮތުން، ޤައުމީ މަންހަޖުގައި ފާހަގަކުރައްވާފައިވާ ލަ ނޑު ދަ ނޑިތައް ޙާޞިލު ކުރުމަށްޓަކައި އިސްލާމް ކިޔަވައިދެއްވާ މުދައްރިސެއްގެ ހައިސިއްޔަތުން އަދާކުރައްވަން ޖެހިވަޑައިގަންނަވާ ދައުރާއި އެކަމަށް ބޭނުންވާ ހުނަރާއި ޤާބިލިއްޔަތު ލިބިދިނުން އެއީ މި ޕްރޮގްރާމުގެ މައިގަނޑު އަމާޒެވެ. މި ޕްރޮގްރާމުގައި އިސްލާމީ ޝަރީޢާއާއި ތާރީޚުގެ ތަފާތު ބައިތައް ވަރަށް ފުންކޮށް ހިމެނިފައި ވާނެއެވެ. އަދި ކިޔަވައިދިނުމުގެ ވައްޓަފާޅިއާއި، ހުނަރުތަކާއި، ކަރިކިއުލަމާއި އެސެސްމަންޓު ގެންދާނޭގޮތް ހިމެނިފައިވާނެއެވެ
General Entry Criteria
2 passes in A Level/HSC (At GCE A/L, a pass is considered E and above. HSC pass is considered C and above. OR
Attainment of a Level 4 qualification in a related field OR
Attainment of a Level 4 Foundation Study Programme approved for the specific Diploma programme
Educational psychology
Assessment and evaluation
Teaching and learning strategies
Maldivian language and culture in time
Biography of the Prophet 1
Prophet’s tradition (general hadith 01)
Islamic credo 01
Islamic jurisprudence 01 (fiqh 01)
Teaching practicum
Exegesis on the Ayaat of Legislature in the Holy Quran
Principles of Islamic jurisprudence 1 (Usool Fiqh i)
Islamic criminal law
Exegesis on the traditions of legislature in the sunnah
Islamic jurisprudence (Fiqh)
Curriculum studies and classroom practice
Educational sociology
Islamic family law
Course Fee: MVR 3,750 per month x 36 months
(MVR 2,308 per month under the government free degree scheme)
ކާމިޔާބު ކަމާއެކު މިކޯސް ފުރިހަމަކުރާ ދަރިވަރުންނަށް ތިރީގައި ބަޔާންކުރާ ކަންކަން ޙާޞިލު ވާނެއެވެ.
- އިސްލާމް މުދައްރިސެއްގެ ގޮތުން ހަރަކާތްތެރި ވުމަށް ބޭނުންވާނޭ މިންވަރަށް މާއްދާ އޮޅުން ފިލާފައި ވުމާއިއެކު، ކިޔަވައި ދިނުމަށް ބޭނުންވާ ޕެޑަގޮޖިކަލް ނޮލެޖާއި ހުނަރު ލިބުން؛
- ކިޔަވައި ދިނުމާއި ގުޅޭ މުހިއްމު ތިއަރީތައް އޮޅުން ފިލާފައި ވުމާއެކު މި ތިއަރީތައް ބޭނުންކޮށްގެން ކިޔަވައިދިނުމުގެ މާހައުލު ބައްޓަން ކުރާނޭ ގޮތާއި ކިޔަވައިދިނުން ކުރިއަށްގެންދާނޭގޮތް ދަސްވުން ؛
- 21ވަނަ ގަރުނުގެ ވަސީލަތްތަކުގެ އެހީގައި ފިލާވަޅުތައް ރާވައި އިސްލާމް ދީން ކިޔަވައިދިނުމުގެ ޤާބިލްކަން ހުރުން؛
- ޤައުމީ މަންހަޖުގެ މަޤްޞަދުތައް ޙާޞިލު ކޮށް 21 ވަނަޤަރުނަށް ބޭނުންވާނޭ ހުނަރުތައް ދަރިވަރުންގެ ކިބައިގައި އަށަގެންނެވޭނޭ ގޮތަށް މާއްދާގެ ކިޔަވައިދިނުން ރޭވުމާއި، މެޓީރިއަލް ތައްޔާރު ކުރުމާއި، ކިޔަވައިދިނުން ބައްޓަންކުރަން އެނގުން؛
- އައި.ސީ.ޓީގެ އެހީގައި އިސްލާމް މާއްދާ ކިޔަވައިދިނުމަށް ބޭނުންވާނޭ ހުނަރާއި ޤާބިލިއްޔަތު ލިބުން؛
- ތަފާތު އެކިފެންވަރުގެ ކުދިންނާއި ޙާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައި ދިނުމުގައި އެ ދަރިވަރުންގެ ބޭނުންތަކަށް ސަމާލުކަން ދިނުމާއެކު، އެ ދަރިވަރުން ބައިވެރިކޮށްގެން ކިޔަވައިދިނުން ކުރިއަށް ގެންދިއުމުގެ ހުނަރާއި ޕްރޮފެޝަނަލް ޤާބިލިއްޔަތު ލިބުން؛
- ޤައުމީ މަންހަޖުގައި ކަނޑައެޅިގައިވާ ލަނޑުދަނޑިތައް ދެނެގަނެ، މާއްދާގެ މަޤްޞަދު ތަކާއި، ސަކްސެސް ކްރައިޓީރިއާ ތަކަށް ރިއާޔަތްކޮށް އެސެސްމެންޓް ކޮމްޕޯނަންޓްތައް ފަރުމާކޮށް، ކުރިއަށް ގެންދަން އެނގުން؛
- ކިޔަވައިދިނުމުގައި ރިފްލެކްޓިވް ޕްރެކްޓިސް ބޭނުންކުރުމާއެކު އަމިއްލަ ޕްރޮފެޝަނަލް ކުރިއެރުމަށް މަސައްކަތް ކުރުން؛
އެހެން މީހުނާއި ގުޅިގެން ޒިންމާދާރުކަމާއިއެކު ކިޔަވައިދިނުމުގެ ރޮނގުން ކުރިއަށްދިޔުމުގެ ގާބިލްކަންލިބުން.